- Advertisement -ad image

ރިޔާސީ ބަޔާން އިއްވީ ރާއްޖޭގެ ރައީސްކަން ކަށަވަރުނުވާތީ ރިޔާސީ ބަޔާނަށް ޖަވާބު ނުދޭނަން: އިދިކޮޅު

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ ބަޔާން އިއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ޤަބޫލު ނުކުރައްވާތީ ރިޔާސީ ބަޔާނަށް ރައްދު ނުދެއްވާނެކަމަށް އިދިކޮޅުން ބުނެފިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަށް ރައްދު ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ސަލީމް ވިދާޅުވީ، ފެށުނީއްސުރެ ދޭ ހުރިހާ ރިޔާސީ ބަޔާނަކަށް ޖަވާބު ދެމުން އައި ނަމަވެސް މިއަދު ރިޔާސީ ބަޔާން ދެއްވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމަށް ޤަބޫލުނުކުރާ ކަމަށެވެ.

އަދި މައިނޯރިޓީ ލީޑަރު ބައިވެރިނުކޮށް ރިޔާސީ ބަޔާން އިއްވަން ގާނޫނު ތަން ނުދޭކަމަށް ސަލީމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި އިހްތިޖާޖްގައި ބައިވެރިވި މެންބަރުން ޖަލްސާއިން ނެރުމުން މެންބަރު ސަލީމްއާއި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްވެސް ނިކުމެވަޑައިގަތެވެ. އެ ތިން މެންބަރުން އިހްތިޖާޖުގައި ބައިވެރިވެވަޑައިގެންފައި ނުވާއިރު އެ ތިން މެންބަރުންގެ ނަންވެސް މަޖިލީހުން އިއްވާފައެއް ނުވެއެވެ.

މެންބަރުން ނެރުމަށްފަހު ރިޔާސީ ބަޔާން އިއްވަން ފެށުމުން މެންބަރު ސަލީމާއި ޣައްސާން އަދި އާދަމް ޝަރީފް މަޖިލީހަށް ވަދެވަޑައިގަންނަން އައުމުން ސިފައިން ވަނީ އެކަމަށް ހުރަސް އަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ