- Advertisement -ad image

ޅަ އަންހެންކުދިންތަކެއް ވައްދައިގެން މަޖިލީހުގައި ނަޝީދު މިޖެހީ ކޮން ސަކަރާތެއް!

ad image

ގުޅުންހުރި ލިޔުންތައް

މަޖިލީހުގެ ތަޅުމުން ފިރިހެން މެންބަރުން ގަދަކަމުން ނެރުމަށް އަންހެން ސިފައިން ނުވަތަ ސެކިއުރިޓީ އޮފިސަރުން ބޭނުން ކުރުމުން ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގައި ކެޕްޓައިން އަލީ އިހުސާނު ވިދާޅުވީ، މަޖިލީހުގެ ތަޅުމުން ފިރިހެން މެންބަރުން ގަދަކަމުން ނެރެންޖެހޭ ހާލަތުގައި އަންހެން ސިފައިން ނުވަތަ ސެކިއުރިޓީ އޮފިސަރުން ބޭނުން ކުރުމަކީ ދިވެހި މުޖުތަމައުގައި ކޮންގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އަދި އަޅުގަނޑުމެން ކިތަންމެ ހަމަހަމަ ވިއަސް އިސްލާމީ މުޖުތަމައެއްގައި ނުކުރާންވާ ކަންކަން ހުންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝެއިހު ފަޒުލޫން ވިދާަޅުވީ އަމިއްލަ ކެމްޕޭނަށް ރަށްރަށަށް ގޮސް ހިލޭ އަންހެނުންނައި ބައްދާފައި އައިސް، ބާރުގެ ބޭނުންކޮށްގެން އަންހެނުންނަށް ފިރިހެނުންގެ ގަޔަށް އަތްލުމަށް އަމުރު ކުރަނީ ކަމަށެވެ.
އަދި ލަދުހަޔާތް ކެނޑިއްޖެނަމަ ނުކުރާނެ ކަމެއް ނޯންނާނެ ކަމަށް ފަޒުލޫން ވިދާަޅުވިއެވެ.
އަންހެނުންތަކެއް ލައްވައި މެންބަރު ސައީދު މަޖިލީހުން ބޭރު ކުރުމުގެ މަސައްކަތް މަޖިލީހުގެ ރައީސް ކުރެއްވި އިރު އެތަނުގައި ތައްޔާރީ ހާލަތުގައި އެތައް ފިރިހެނުންނެއް ތިއްބެވެ. މިކަން އެނގޭ ކަމަކީ އަންހެނުންތަކަށް މެންބަރު ސައީދު ބޭރަށް ނުގެންދެވުމުން ފިރިހެނުންތަކެއް އައިސް މެންބަރު ނަގައިގަނެގެން ގެންދިއުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ