- Advertisement -ad image

ނޫސްވެރިޔާއަށް އަނިޔާވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް

މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ އެއްވުމެއްގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައި ވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ބުނެފިއެވެ.
މުޒާހަރާ ކަވަރު ކުރަން ހުރި ޗެނަލް 13 ގެ ނޫސްވެރިޔާ ހޭހުސްވެގެން ވެއްޓުމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ އިތުރު ފަރުވާ އަށް ސްރީލަންކާއަށް ފުރުވާލައިފައެވެ. ޑޮކުޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައިވަނީ ޝަހީދުގެ ބޮލަށް ގެއްލުންލިބިފައިވާ ކަމަށެވެ.

ފުލުހުންބުނީ މިކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
އަދި ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަރޑްސް ކޮމާންޑުން ގެންދަނީ ކުރަމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ