- Advertisement -ad image

މާލޭގައި ދިރިއުޅޭ އައްޑޫސިޓީގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ސ. މަރަދޫފޭދޫ / ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް (31އ) ވީނުވީއެއް ނޭނގި ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ އާސިރު ގެއްލުނު ކަމަށް ފެބުރުވަރީ 5 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށެވެ.
އަދި އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ 4 ވަނަ ދުވަހުގެ 19:30 ހާއިރުކަމަށްވެސް ފުލުހުން ބުނެއެވެ.
އެންމެފަހުން އާސިރު ފެނުނުއިރު ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ވަނީ މައުލޫމާތުދީފައެވެ.
މުޙައްމަދު އާސިރު އިސްމާޢީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅާ ހިއްސާކުރުމަށްވެސް ފުލުހުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ