- Advertisement -ad image

ރިޔާސީ ބަޔާނުގައި ފްލެޓްތަކާއި ގުޅޭގޮތުން ރައީސް ސާލިހު އިތުރުފުޅު ހެއްދެވުމުން މޭޔަރު މުއިއްޒުގެ ކަންބޮޑުވުން!

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖިމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފްލެޓްތަކާއި ގުޅޭގޮތުން އިތުރުފުޅު ހައްދަވާފައިވާތީ މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ސާލިހު ވިދާޅުވީ، ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް އިމާރާތެއް ނިންމައި، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެ ކަމަށެވެ.
ނަމަވެސް މިކަމަށް ރައްދުދެއްވައި އޭރުގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލޭގެ މޭޔަރު މުއިއްޒު ވިދާަޅުވީ، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުން 1500 ހައުސިން ޔުނިޓް ނިންމައި 2017 ވަނަ އަހަރު އޭރު ސަރުކާރާއި ހަވާލު ކުރި ކަމަށެވެ.

މި ފްލެޓްތަކުގެ ބިންގާަ އަޅާފައިވަނީ ރައީސް ޔާމީންގެ ޒައާމަތުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
މި ފްލެޓްތަކަކީ ޗައިނާ ސަރުކާރުގެ ލުއި ލޯނުގެ ދަށުން ހުޅުމާލެއާއި ދެކުނުގެ ހަތަރު އަތޮޅުގައި އެޅުމަށްފަހު ހަވާލުކުރި 1500 ހައުސިން ޔުނިޓެވެ. އެގޮތުން ރައީސް ޔާމީނުގެ ދައުރުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސީއެމްސީން ސަރުކާރާ ހަވާލުކުރި ފްލެޓްތަކުގައި 2018 ވަނަ އަހަރުގެ ކުރީކޮޅު މީހުން ދިރިއުޅެން ފަށާފައިވެއެވެ.

3 ކޮޓަރީގެ މި ފްލެޓުތަކަށް އޭރު 25،000 އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. މީގެއިތުރުންވެސް ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓް ހިންގީ ހުޅުމާލެ ފޭސް ދެއެއްގައި ރައީސް ޔާމީނުގެ ޒައާމަތުގައެވެ.
ދެވަނަ ފިޔަވަހި ހިއްކައި އެ ތަނުގައި އެތައްހާސް ހައުސިން ޔުނިޓުތަކެއްގެ މަސައްކަތް ފަށާއި އެތައް ރައްޔިތަކަށް ބޯހިޔާވަހިކަން ޔަގީންކޮށްދެއްވީ ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ