- Advertisement -ad image

ތިލަފުށިން ބިދޭސީންނަށް ބިންވިއްކުމާއި ދެކޮޅަށް މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

މާލެ އަތޮޅު ތިލަފުށިން 99 އަހަރަށް ބިދޭސީންނަށް ބިން ވިއްކުން ހުއްޓާލަން ސަރުކާރަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދު އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލާގައި ވަނީ ސިނާއީ ރަށެއްގެ ގޮތުގައި ބޭނުންކުރާ ތިލަފުށި ހިއްކާފައިވަނީ ރައްޔިތުންގެ ފައިސާއިން ކަމަށްވާއިރު ދިވެހި ވިޔަފާރިވެރިންނަށްވެސް އިންތިހާއަށް ބިމުގެ ދަތިކަން ބޮޑު ކަމަށެވެ.
މިހެން މިކަންއޮތްއިރު 99 އަހަރަށް ނުއަގުގައި ބިދޭސީންނަށް ބިން ވިއްކުމަކީ ދިވެހި ވިޔަފާރިވެރިންނަށާއި އިގްތިސޯދަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައިވެއެވެ.
އަދި ބިދޭސީންނަށް ބިން ވިއްކަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ފައިސާ ހޯދަން ލިބިދާނެ ވަގުތީ މަންފާއަކަށް ކަމަށް މެންބަރު ތުހުމަތު ކުރެއްވިއެވެ.

99 އަހަރަށް ބިދޭސީންނަށް ބީލަމުގައި ބިން ވިއްކުން ހުއްޓާލުމަށް ޝަރީފް ވަނީ ގޮވައިލައިފަ އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން ބަހުސް ކުރުމާމެދު ގޮތެއް ނިންމަން ވޯޓު ނަގާފައިވެ އެވެ. ބަހުސް ކުރަން ވޯޓު ދިނީ ނުވަ މެމްބަރުންނެވެ. އެ މައްސަލަ ބޭރުކޮށްލީ ނުފެންނަ ކަމަށް 36 މެމްބަރުން ވޯޓު ދީގެނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ