- Advertisement -ad image

2.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަށްފަހު މީހާ އަނބުރާ ފޮނުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެތަކެތި ގެނަައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ ކަސްޓަމްސްއިން ފޮނުވާލައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މި ހިނގާ ފެބުރުއަރީ 6ވަނަ ދުވަހު ޤަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލްގެ އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އަދި މިތަކެތި ފުރަތަމަ މަރުހަލާގައި ތަހްލީލް ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް އަރައެވެ.
މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހާ ރާއްޖެއަށް އެތެރެވިޔަ ނުދީ ފޮނުވާލީ “ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެފަރާތްތަކާމެދު ޢަމަލުކުރާނެގޮތުގެ ޤަވައިދު” އާއި އެއްގޮތުގެ މަތިން ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ