- Advertisement -ad image

މާލެ ސިޓީކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން މާރޗް 2 ގައި

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބައްދަލުވުން 02 މާރޗް ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުން އެ ކައުންސިލެއްގެ އިޙުތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ރައްޔިތުންނާއި އަހަރަކު ދެފަހަރު ޤާނޫނީ ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މި އަހަރު މާލެ ސިޓީ ކައުންސިލުން ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަޙައްދުގައެވެ.

ހަތަރުވަނަ ދައުރުގެ މާލެ ސިޓީ ކައުންސިލުން ވަނީ ލާމަރުކަޒީ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާފައެވެ. އަދި އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިއަށްގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
މިފަހަރުގެ ރައްޔިތުންގެ ބައްދަލު ވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލު ވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އަދި ކައުންސިލަރުންނާއި ޚިއްސާ ކުރުމުގެ ފުރުޞަތު ހުޅުވާލައިގެންނެވެ. މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް މީގެ ކުރިން އަވަށްތަކުގެ މެދުގައިވެސް ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 88 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ