- Advertisement -ad image

އެހީވެވޭނެ ގޮތްތައް ބަލާ ހާލުޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޑރ މުހައްމަދު އަލީ ތުރުކީއަށް!

ad image

ގުޅުންހުރި ލިޔުންތައް


މިމަހުގެ ހަ ވަނަ ދުވަހު ތުރުކީގެ އެކި އަވަށްތަކަށް އައި ބާރުގަދަ ދެ ހެލުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައިވާތީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެތެރެހަށީގެ ޑޮކްޓަރ މުހައްމަދު ޢަލީ ފުރާވަޑައިގެންފިއެވެ.
ޑރ މުހައްމަދު އަލީ ތުރުކީއަށް ވަޑައިގަތީ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން އެގައުމުގައި ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށެވެ.
ހޯމަ ދުވަހުގެ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 21000 މައްޗަށް އަރާފައިވާއިރު ހަމައެކަނި ތުރުކީ 17،674 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑރ މުހައްމަދު އަލީ ވިދާޅުވީ ތުރުކީއަށް ގޮސް އެތާނގެ ހާލަތު ދެނެގަނެ ކިތަންމެ ކުޑަނަމަވެސް އެހީއެއް ވެދެވެން އޮތްނަމަ އެކަން ކޮށްދިނުމަށް ކަމަށެވެ.
“ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައިވީނަމަވެސް އަޅުގަނޑުމެންނަކީ ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް އެންމެ ކުރީ ސަފުގައި ތިބޭ ބައެއް “ ޑރ މުހައްމަދު އަލީ

އައިއޭސީން ވަނީ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ކުއްލި އެހީގެ ފަންޑެއްވެސް ހުޅުވާފައެވެ.


އެގޮތުން އައިއޭސީގެ ޓީމްއިން ދަނީ ތުރުކީ އަދި ސީރިއާގައި ހަރަކާތް ތެރިވަމުން ކަމަށާއި މިގޮތުން ގެދޮރު ގެއްލުނު ފަރާތްތަކަށް މިވަގުތަށް އެންމެ ބޭނުން ޖެހިފައިވަނީ ކާބޯތަކެއްޗަށް ކަމުން ޓީމް ދަނީ ކެއްކި ތާޒާ ހޫނު ކެއުން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ކުރަމުން ކަމަށެވެ.

ތުރުކީ- ސީރިއާ ބިންހެލުމުގައި އުސް އިމާރާރްތައް ބިމާހަމަވެ ގިނަ ބަޔަކު އަދިވެސް ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތިބޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. މި ހެލުންތަކުގެ ސަބަބުން 45000 ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އެކިކަހަލަ އެހީތައް ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ