- Advertisement -ad image

ފޯރުންތެރިކަން ދައްކަން ކާހާ އެއްޗަކާއި ދާހާ ތަނެއްގެ ފޮޓޯ ހިއްސާކުރުން الله އެންގެވި އުސޫލުތަކާއި ހިލާފު: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

ފޯރުންތެރިކަން ދައްކަން ކާއެއްޗިއްސާ ދާ ދަތުރުތަކުގެ ފޮޓޯތައް މީސްމީޑިއާގައި ފެތުރުން الله އެންގެވި އުސޫލުތަކާއި ހިލާފު ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ ނަފްސުގެ މުއްސަނދިކަން މިއެވެ.
ހުތުބާގައި ބުނީ މުއްސަނދި ކަމަކީ މުދާ ގިނަވުން ނޫން ކަމަށާ އެހެނެއްކަމަކު އެއީ ނަފްސުގެ މުއްސަނދި ކަން ކަމުގައި އަހަރެމެންގެ ރަސޫލާ ޞޢވ ހަދީޘް ކުރައްވާފައިވާ ކަމަށާ ހުރިހާ ޒަމާނެއްގައިވެސް ގަބޫލުކުރަންޖެހޭ އުސޫލަކީ އެއީ ކަމަށެވެ.
އަދި މިއަދު މީސްމީޑިއާގައި ފަތުރަމުންދާ ފޮޓޯތަކާއި ވީޑިއޯ ކްލިޕްތަކާއި މެދު ވިސްނާލާއިރު މިއީ ތިމާގެ މުއްސަނދިކަމާއި ފޯރުންތެރިކަން އެހެންމީހުންނަށް ދައްކަން ކުރާ ކަމެއް ނަމަ الله އެންގެވި އުސޫލުތަކާއި މިކަން ހިލާފު ކަމަށެވެ.
“ ހަގީގީ މުއްސަނދި ކަމަކީ މުދަލާ ފައިސާ ގިނަވުމެއް ނޫނެވެ. ވަޒީފާ މަތިވުމެއް ނޫނޭވެ. ފާސްތައް ގިނަވުމެއްނޫނެވެ. އަނބިދަރިންނާއި ތިމާގެ މީހުން ގިނަވުމެއްވެސް ނޫނެވެ. އަދި އެއީ ދުނިޔަވީ އަރާމާ ލައްޒަތުގެ ވަސީލަތްތައް ގިނަވުމެއްވެސް ނޫނެވެ “ ހުތުބާ
ކަންމިހެން ހުރި ނަމަވެސް އިސްލާމްދީން ގޮވާލަނީ ދެދުނިޔޭގެ ހަޔާތް ބާއްޖަވެރި ކުރަން ކަމަށާ، އެހެންކަމުން އިންސާނާ އެންމެ ކަންބޮޑުވާ ކަމަކީ ދުނިޔެ ހޯދުން ކަމުގައި ހަދައި އާޚިރަތް ނަގައި ނުލުމަށް އިސްލާމްދީން ގޮވާލާ ކަމަށް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ