- Advertisement -ad image

މޫކޭ އަކަށް ނުވި، އާޒިމްއަށް ވާނެތަ؟

ad image

ގުޅުންހުރި ލިޔުންތައް


އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެ ނުވުމުން އެންމެ ފަހު އަމީނީ މަގުގައި ތާރުއަޅަން އެމްޓީސީސީއަށް ދީފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން ކުރެއްވި ޓުވީޓެއްގައި ވިދާަޅުވީ، އަމީނީ މަގު ތަރައްގީ ކުރުމަށް ގެންދާ މަސައްކަތުގެ ދަށުން، އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރުއެޅުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި މިކަން މި ގޮތަށް ކުރީ އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީ ކަމަށް އަކުރަމު ވިދާޅުވިއެވެ.
“ ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ “ އަކުރަމް ވިދާޅުވިއެވެ.
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް އާރުޑީސީން ނިންމަން ޖެހުނީ މި ހިނގާ ފެބުރުއަރީ މަހުގެ ނިޔަލަށެވެ. ނަމަވެސް ސަރުކާރުން މިހާރު ބުނެފައިވަނީ އަމީނީ މަގުގެ މަސައްކަތް މިހާރު ނިންމާލެވޭނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކަމަށެވެ. މިއީ ކުރިން މިމަސައްކަތް ކުރަން ބުނި ތާރީހަށް ވުރެ 7 މަސް ލަސް ތާރީހެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ