- Advertisement -ad image

މާލެއިން ގެއްލިގެން ހޯދަމުންދާ އައްޑޫ ސިޓީގެ ޒުވާނާ އަދިވެސް ނުފެނޭ!

ad image

ގުޅުންހުރި ލިޔުންތައް


މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާލެއިން ގެއްލިގެން ހޯދަމުންދާ ސ. މަރަދޫފޭދޫ / ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް (31އ) އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހިރާސް އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން ކަމަށެވެ.
ފުލުހުން ބުނީ އާސިރު ގެއްލުނު ކަމަށް ފެބުރުވަރީ 5 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށެވެ.
އާސިރު ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ 4 ވަނަ ދުވަހުގެ 19:30 ހާއިރުކަމަށްވެސް ފުލުހުން ބުނެއެވެ.
އެންމެފަހުން އާސިރު ފެނުނުއިރު ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ވަނީ މައުލޫމާތުދީފައެވެ.
މުޙައްމަދު އާސިރު އިސްމާޢީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅާ ހިއްސާކުރުމަށްވެސް ފުލުހުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ