- Advertisement -ad image

އިންޖީނު ހުއްޓުނު ޑިންގީއަކަށް ސިފައިން އެހީތެރިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ލ.ގަން ހުޅަނގު ފަރާތަށް މަސްވެރިކަމަށް ނިކުމެ އުޅުނު ޑިންގީއެއްގެ އިންޖީނު ހުއްޓިގެން އޮޔާދާތީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ މިއަދުގެ 12:50 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، އެ ޑިންގީއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިގޮތުން ފިރިހެނަކާއި ކުޑަކުއްޖަކު ތިބި މި ޑިންގީ މިހާރު ވަނީ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ލ.ގަން މުކުރިމަގު އަވަށު ބަނދަރަށް ވައްދާފައެވެ.

މި ޑީންގީގައި ދަތުރުކުރި ފިރިހެންމީހާއާއި ކުޑަކުއްޖާގެ ހާލު ވެސް ރަނގަޅެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ