- Advertisement -ad image

އޮޔާ ދަނިކޮށް ފެނުނު ހަށިގަނޑު ސާމްޕަލް ނެގުމަށްފަހު ވަޅުލައިފި

ad image

ގުޅުންހުރި ލިޔުންތައް


ވ. އަތޮޅު ވެމްޕަރު ފަޅު ތެރެއިން އޮޔާ ދަނިކޮށް ފެނުނު ހަށިގަނޑުން ފުލުހުން ބޭނުންވާ ސާމްޕަލް ނެގުމަށްފަހު މިއަދު ވަޅުލައިފި އެވެ.
ފުލުހުން ބުނީ މިމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑު ވ. އަތޮޅު ވެމްޕަރުފަޅު ހުޅަނގު އުތުރު ކަނޑުން ފެނިފައިވަނީ މިދިޔަ ޖެނުއަރީމަހުގެ ދެވަނަ ދުވަހުއެވެ.

ވ. އަތޮޅުން ހަށިގަނޑެއް ފެނުނު އިރު މިދިޔަ ޑިސެމްބަރު މަހު 28 ވަނަ ދުވަހު ފުރި ތެޔޮ ބޯޓެއްގައި އުޅުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން ވަނީ ގެއްލިފައެވެ.
އެންމެ ފުރަތަމަ ގެއްލިގެން ރިޕޯޓްކުރީ އެ ބޯޓެވެ. އަދި އެ ބޯޓު ގެއްލިގެން ރިޕޯޓް ކުރިތާ އެއް ދުވަސް ފަހުން ޑިސެމްބަރު 29 ވަނަ ދުވަހު ފެނުނު އިރު އޭގައި ތިބިކަމަށް ބުނާ ދެ މީހަކު ނެތެވެ.

ނަމަވެސް ފުލުުހުން އެ މީހުން ހޯދަމުން ދަނިކޮށް ލިޓަންއާއެކު އެ ބޯޓުގައި އުޅުނުކަމަށް ބުނާ މުހައްމަދު ނިޒާމް މާލޭގައި އުޅެނިކޮށް ވަނީ ފެނިފައެވެ. އަދި ލިޓަން ގެއްލުމުގައި ޝައްކުވާ ކަންތައްތަކެއް އުޅޭތީ ނިޒާމް ފަހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ