- Advertisement -ad image

އެރިއިރާއެކު ފުލުހުން ނިކުމެ ވެލާނާގޭ ކައިރީ ހުރި ސައިކަލުތަކުގައި ސްޓިކަރ ޖަހާ ފުރާލައިފި

ad image

ގުޅުންހުރި ލިޔުންތައް


މިއަދު ހެނދުނު ވެލާނާގޭ ކައިރީ ޕާރކުކޮށްފައިވާ ގިނަ ސައިކަލުތަކެއްގައި ފުލުހުން ސްޓިކަރ ޖަހައިފިއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި މިއަދު ވަނީ ވެލާނާގެއިން ފެށިގެން ޓްރޭޑާސް ހޮޓެލް އާއި ހަމައަށް ހުރި ސައިކަލުތަކުގައި ސްޓިކަރ ޖަހާފައެވެ. ކޮންމެ މަހަކު ޖޫރިމަނާ ކޮށްގެން ދައުލަތަށް ބޮޑު އާމުދަނީއެއް ދަނީ ހޯދަމުންނެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމުނު ޖެނުއަރީމަހު އެކަނިވެސް ޖޫރިމަނާގެ ގޮތުގައި 6.6 މިލިއަން ރުފިޔާ ލިބުނެވެ.
މީރާގެ ތަފާސްހިސާބުތައް އެހެން ދެއްކި ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކުރާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފެބްރުއަރީ ދެވަނަ ދުވަހުގެ ނިޔަލަށް މިއަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 10.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ އިމާރާތެއް ކަމުން ކޮންމެ ރަސްމީ ދުވަހެއްގައި އެކި ހިދުމަތްތައް ހޯދަން އެތަނަށް ގިނަ ބަޔަކު ގޮސް ހަދައެވެ.


އެހެންނަމަވެސް އެތަނަށްދާ ގިނަ ބައެއްގެ ޝަކުވާއަކީ ސައިކަލު ޕާކު ކުރާނެ ތަންކޮޅެއް ނުލިބުމެވެ. އެހެންވީމާ އަވަހަށް ވަދެލާފައި ނިކުންނަށް ހިތުލައިގެން އެންމެ ފަސޭހައިން ފެންނަން އިން ހުސްތަންކޮޅުގައި ސައިކަލު ޕާރކުކޮށްލެވެނީއެވެ.

ރައްޔިތުންގެ ޝަކުވާއަކީ ޕާރކު ކުރާނެ ތަނެއް ނުދައްކާ ސްޓިކަރ ޖަހަމުން ދިއުމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ