- Advertisement -ad image

މަގެއްގައި ތާރުއަޅަން މިހާލެއްގައި އުޅޭ ބަޔަކު މިނޫނިއްޔާ ނުދެކެން: އިންތި

ad image

ގުޅުންހުރި ލިޔުންތައް


މާލެގައި މީގެ ކުރިންވެސް ބަޔަކު މާބިޔަ މަގުތަކެއް ހަދާފައިވާ ކަމަށާއި މަގެއްގައި ތާރުއަޅަން މިހާލެއްގައި އުޅޭ ބަޔަކު މިނޫނިއްޔާ ނުދެކޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން އަމީނީ މަގު ހެދުމަށް އާރުޑީސި އާއި ހަވާލުކުރުމަށް ފަހު ނުނިމިގެން އެމްޓސީސީ އާއި އެމަސައްކަތް ހަވާލުކުރުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މާލޭގައި މީގެ ކުރިން ވެސް ބަޔަކު މާ ބިޔަ މަގުތަކެއް ހަދައި ތާރުއަޅައި ނިންމާފައިވާ ކަމަށާއި އެކަމަކު މިހާލެއްގައި އުޅޭ ބަޔަކު ނުދެކޭ ކަމަށެވެ.

އާރުޑީސީއަށް ސަރުކާރުން އަމީނީ މަގު ހަދަން ހަވާލުކުރީ 80 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ވަނީ އެމްޓީސީސީއަށް ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އާރުޑީސީއަށް ދިން ފައިގަނޑު ކާލާފަ ބޮލުން ނައްޓާލީތާ، ދެން އަނެއްކާ އެމްޓީސީސީއަށް ފައިސާގަނޑެއް ދޭންވީ، މީ މިނުކުޅެދޭ މައްކާރު ސަރުކާރު ގައުމުގެ ޚަޒާނާ ލޫޓުވާ ހުސްކުރާގޮތަކީ ތަރައްގީގެ ނަމުގާ ކުރަާ އެއްވެސް ކަމެއް މިކުރަނީ ދިހަބާރަ ފަކުޝަނާ ހަވާލުކޮށް އެތައްފައިސާއެއް ގައުމުގެ ޚަޒާނާއިން ލޫޓުވައިގެން، ދެން ގައުމުގެ ކޮންމެވެސް އަގުބޮޑު މުދަލެއް ވިއްކާލަނީ، މީތޯ ރައީސް އިބުރާހިމް އެ ވިދާޅުވާ ފޯމިއުލާއަކީ.؟؟

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ