- Advertisement -ad image

އާސިރު އެންމެފަހުން ފެނިފައިވަނީ ހުޅުލޭ ފެރީޓާރމިނަލް އަށް ވަންނަނިކޮށް: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް


މާލެއިން ގެއްލިގެން ހޯދަމުންދާ ޒުވާނާ މުހައްމަދު އާސިރު އިސްމާއިލް އެންމެ ފަހުން ފެނިފައިވަނީ ހުޅުލޭ ފެރީ ޓާރމިނަލްއަށް ވަންނަނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ 19:30 އިން ފެށިގެން ވީނުވީއެއް ނޭންގި ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ސ މަރަދޫ ގަސްކަރަ މުހައްމަދު އާސިރު އިސްމާއިލް 31އ ހޯދުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އޭނާ އަދި ފެނިފައިނުވާ ކަމަށެވެ.

އަދި އޭނާ ހޯދުމަށް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖުތަކާއި އެއަރޕޯޓުގެ ބައެއް ސަރަހައްދުތަކުގެ ފުޓޭޖުތައްވެސް ބަލައިފާވާ ކަމަށެވެ.
އެގޮތުން ބެލިބެލުމުން ފެބުރުއަރީ 4 ވަނަ ދުވަހުގެރޭ 19:20 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީޓާރމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައި މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

“ ޓެކްސީ ގޮސް އެއަރޕޯޓް ޓާރމިނަލްއަށް މަޑުކުރުމުން އާސިރު ޓެކްސީއިން ފައިބައިގެން ގޮސް ޓާރމިނަލްއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖްއަކުން ފެނިފައިވޭ “ ފުލުހުން
އޭނާ އެއްވެސް އެއަރލައިނަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަންވެސް މިހާތަނަށް ބެލިބެލުމުން އެނގިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

އާސިރު ހޯދުމަށް މާލޭގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖުތަކާއި އެއަރޕޯޓުގެ އިތުރު ސަރަހައްދުތަކުގެ ފުޓޭޖުތައް ބެލުމުގެ މަސައްކަތް ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ.

އަދި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްގެންވެސް އާސިރު ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ދަނީ ކުރަމުން ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ