- Advertisement -ad image

ރައީސް ސާލިހް ވަޑައިގަންނަވާތީ ގޭގެ މޫނުމަތި ފަރާތުގައި ދިދަފަތި ދަމައިދޭން އެދި ހިރިލަންދޫ ކައުންސިލުން އާދޭސްކުރަނީ

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ވަޑައިގަންނަވާތީ ކަމަށް ބުނެ ރަށުގެ ކޮންމެ ގެއެއްގެ މޫނުމަތި ފަރާތުގައި ދިދަ ފަތި ދަމައިދޭން އެދި ހިރިލަންދޫ ކައުންސިލުން ރައްޔިތުން ގާތު އާދޭސް ކުރަން ފަށައިފިއެވެ.
އެގޮތުން ކައުންސިލުން އާއްމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ، ރައީސް ސާލިހު އެރަށަށް 1 މާރޗް 2023 ގައި ވަޑައިގަންނަވާ ކަމަށެވެ.


އެހެންކަމުން ރައީސް ވަޑައިގަންނަވާއިރު އިސްތިގުބާލުގައި މުޅިރަށުގައި ދިދަ ފަތި ދަމާދިނުމާއެކު، ރަށުގެ ކުދި ބޮޑު އެންމެން ގައުމީ ހެދުމުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އަދި ކޮންމެ ގެއަކުންވެސް އެގެއެއްގެ މޫނުމަތީ ފަރާތުގައި ދިދަފަތި ދަމާދިނުމަކީ ކައުންސިލުން ވަރަށް ބޮޑަށް އެދޭކަމެއް ކަމަށްވެސް ހިރިލަންދޫ ކައުންސިލުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ