- Advertisement -ad image

ތުރުކީ-ސީރިއާއަށް އެހީވުމަށް މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓަނީ

ad image

ގުޅުންހުރި ލިޔުންތައް

ތުރުކީ-ސީރިއާ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
އެގޮތުން މި ހަރަކާތް ކުރިއަށް ގެންދަނީ “ އެއް އުއްމަތެކޭމީ “ މިނަމުގައެވެ.
މިހަރަކާތް ކުރިއަށް ގެންދަނީ އިލްމުވެރިންނާއި މަދަނީ ބައެއް ޖަމިއްޔާތަކާއި އައިއޭސީ ގުޅިގެންނެވެ. މި ހަރަކާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެ ޓީމުން ބުނީ ތުރުކީއާއި ސީރިއާއަށް އައި ބިންހެލުންތަކުގައި ހާލު ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތަކީ މިސްކިތްތަކުގައި ފަންޑު ފޮށިތަކެއް ބެހެއްޓުން ކަމަށެވެ. މާލޭގެ ހުރިހާ މިސްކިތްތަކެއްގައި ފަންޑުފޮށި ބަހައްޓާއިރު އަދި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައިވެސް ފަންޑު ފޮށިތައް ބަހައްޓަން ދަނީ މަސައްކަތް ކުރަމުން ކަމަށް ހަރަކާތު ކޮމިޓީން ހާމަކުރެއެވެ.

މީގެ އިތުރުންވެސް އާއްމުން ގިނައިން އެއްވެ އުޅޭ ބައެއް ތަންތަނުގައި ފަންޑު ފޮށި ބަހައްޓަން އެ ޓީމުން ދަނީ ރާވަމުންނެވެ.
ތުރުކީ-ސީރިއާ ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40،000 ގާތްކޮށްފައެވެ. މިހާރުވެސް ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެކިކަހަލަ އެހީތައް ފޮނުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ