- Advertisement -ad image

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރަން ކޯޓަށް މައްސަލައެއް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


މިދިޔަ ޖެނުއަރީމަހު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ބޭއްވި ރިޔާސީ ޕްރައިމަރީގެ އިންތިހާބު ބާތިލުކޮށް، އެ ޕާޓީގެ ރިޔާސީ ޓިކެޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް އެރުވުން ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެމްޑީޕީން ރައީސް ސާލިހަށް ރިޔާސީ ޓިކެޓް ހަވާލު ކުރާ ޖަލްސާ ބާއްވަން ނިންމާފައިވަނީ 17 ފެބްރުއަރީވާ ހުކުރު ދުވަހުގެރެއެވެ.
މި މައްސަލަ ބުދަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޕޮލިސް ބޯޑުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ޙާމިދު ޢަބްދުލްޣަފޫރެވެ. އެ މައްސަލާގައި އޭނާ ތަމްސީލުކުރައްވާ ވަކީލަކީ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދެވެ.

ރައީސް ނަޝީދު ފެކްޝަނުން ހުށަހެޅުއްވި މިމައްސަލައިގެ އަސާސެއް ކަމަށް ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާ ގޮތުން ޕާޓީގެ މެންބަރުކަމުން މީހަކު ވަކިކުރުމަކީ ޕާޓީން އަޅާ ފިޔަވަޅެއްކަމަށްވާއިރު، އެ ޕާޓީގެ ޤައުމީ މަޖިލީހުން ނިންމައިގެން 39،000 މެންބަރުން ވަކިކޮށްފައިވަނީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތުތަކާ ޚިލާފަށް ކަމަށެވެ.

އެއާއެކު ސިވިލްކޯޓުގައި ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިފައިވެއެވެ. ހޯދަން އެދިފައިވަނީ ހައިކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން އެ ޓިކެޓު ހަވާލުކުރުން ހުއްޓުވުމުގެ އަމުރަކަށެވެ.

ފާއިތުވެދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވުނު ރިޔާސީ ޕްރައިމަރީ ރައީސް ސާލިހު ކާމިޔާބު ކުރެއްވީ 61 އިންސައްތައިގެ ބޮޑު އަޢުލަބިއްޔަތަކުންނެވެ. ޕްރައިމަރީގެ އިންތިޚާބުގައި ބަލިވި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ އެންމެ 39 އިންސައްތަ ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ