- Advertisement -ad image

މަގުމަތީ ސަލާން ޖަހަން އުޅުނު އަންހެންމީހާ އިމިގްރޭޝަނާއި ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މާލޭގެ މަގުތަކުގަ އާއި ހުޅުމާލޭގެ އެކި ތަންތަނުގައި ސަލާން ޖަހަން އުޅުނު ބިދޭސީ އަންހެން މީހާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މާލެގެ މަގުމަތީގައި ސަލާން ޖަހަން އުޅޭ ޖަޕާނު އަންހެނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ މައުލޫމާތު ފުލުހުންގެ ސަމާލު ކަމަށް އައުމާއި ގުޅިގެން އޭނާ ހައްޔަރު ކުރި ކަމަށެވެ.
އަދި އެއަންމީހާގެ މައުލޫމާތު ސާފު ކުރުމަށްފަހު މިއަދު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މާލޭގެ މަގުމަތީ އަންހެނަކު ސަލާން ޖަހައިގެން މީހުން އަތުން ފައިސާ ހޯދަމުން ދާތީ، އެކަން ސަމާލުކަމަށް ގެނެސްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އަމިއްލަ ފަރާތަކުން ކުރި ޓުވީޓެއްގައެވެ.
އެގޮތުން އެމީހާ ކުރި ޓުވީޓުގައި ބުނެފައިވަނީ އެ އަންހެން މީހާ މަގުމަތީގައި ސަލާންޖަހަން އުޅެނިކޮށް ދެތިން ފަހަރަކު ދިމާވެއްޖެ ކަމަށެވެ. އަދި އެ އަންހެން މީހާއަކީ ހަސަން ފާރިސް ނަމަކަށް ކިޔާ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ އަންހެނެއް ކަމަށެވެ.
އޭނާ ކައިވެނިކޮށްގެން އުޅޭތާ 13 އަހަރުވެއްޖެ ކަމަށް އޭނާ ބުނާ ކަމަށް ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ