- Advertisement -ad image

މިއަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ

ad image

ގުޅުންހުރި ލިޔުންތައް

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން މެދު ކަނޑާލާފައި އޮތުމަށްފަހު މިއަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ. 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފައި ނުވަނީ ކޮވިޑް19 ހަލުވި ކަމާއެކު ފެތުރެމުން ދިއުމުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އެއްވެސް ކަމެއް ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އޭރު އިރުޝާދުދެއްވާފައިވާތިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގަކަމަށެވެ. އަދި ހުޅުމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމްގައެވެ. ވިލިމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ފުޓްބޯޅަ ދަނޑުގައެވެ.

އީދު ނަމާދަށް ދާއިރު ކޮންމެ މީހަކުވެސް ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައެއް ގެންދިއުމަށާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. މީގެ އިތުރުން ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރަން ނިންމާފައިވާ ނަމަވެސް މޫސުން ގޯސްނަމަ އީދު ނަމާދު ކުރުން މާލެސަރަހައްދުގައި އޮންނާނީ މިސްކިތްތަކުގައި ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ