މި ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ކަނޑައަޅާފައި ނުވާނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދީ ސިޔާދަތު ޙިމާޔަތްކުރަން ޖެހޭކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ޤައުމީ މިނިވަންކަން ކަށަވަރުކުރުމަކީ އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ އިގްތިސާދީ ސިޔާދަތު އޮތީ އެންމެ އެކަށީގެންވާ ފެންވަރެއްގައި ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މާލީ ހާލަތަށް ބައްލަވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ ފަންޑަށް މިހާރު 65 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި މި އިތުރުވުމަކީ ރާއްޖޭގެ ބޭރުގެ ދަރަނި ބެލެހެއްޓުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، އިޤްތިޞާދީ ސިޔާދަތު ދެމެހެއްޓުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޖޫން މަހާ ހަމައަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި 18.6 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އޭގެ ބޮޑު ބައެއް ފައިސާ ޗާޕު ނުކޮށް ދައުލަތުގެ ހިންގުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އެކި ނަންނަމުގައި ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދިންގޮތަށް މިސަރުކާރުން މިހާތަނަށް އެންމެ ރުފިޔާއެއްވެސް ބަދަލުގެ ގޮތުގައި ދީފައިނުވާނެކަމަށެވެ.



