- Advertisement -ad image

ދުނިޔަވީ ކޮންމެ ކާރިސާއަކީ ކޯފާއެއް ކަމުގައި ކަނޑަނޭޅޭނެ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ދުނިޔަވީ ކޮންމެ ކާރިސާއަކީ ކޯފާއެއް ކަމުގައި ކަނޑަނެޅޭނެ ކަމަށާއި ބައެއް ހާލަތްތަކުގައި މިފަދަ ހާދިސާތަކަކީ ރަހުމަތެއް ކަމުގައި ވެދާ ކަމަށް ހުތުބާގައި ބުނެފިއެވެ.

“މިއަދުގެ ހުތުބާގެ މައުޟޫއަކީ ދުނިޔަވީ ކާރިސާތަކުން އިބުރަތް ހާސިލްކުރުން” މިއެވެ.

ހުތުބާގައި ބުނެފައިވަނީ ދުނިޔަވީ މިފަދަ ކާރިސާތަކަކީ ކަނޑައެޅިގެން الله ގެ ކޯފާ ކަމަށް ބުނެ ބައެއް ފަހަރު މީހުން ވާހަކަ ދައްކާ ކަމަށެވެ. އެހެނަމަވެސް މިފަދަ ކިންމެ ކާރިސާއަކީ ކޯފާއެއް ކަމުގައި އަހަރުމެންނަށް ކަނޑަނޭޅޭނެ ކަމަށް އިލްމްވެރިން ބަޔާންކުރައްވާފައިވާ ކަމަށެވެ.
ބައެއް ހާލަތަކުގައި މިފަދަ ހާދިސާތައް ރަހުމަތެއް ކަމުގައި ވެދާ ކަމަށާއި ދުނިޔަވީ ހަޔާތުގެ އެތައް މުސީބާތެއްގެ ތެރެއިން މިންޖުކުރައްވައި، ޝަހީދެއްގެ ދަރަޖަލިބޭ މީހެއްގެ ގޮތުގައި މުސްލިމު އަޅާ ވެގެންދާ ސަބަބަކަށްވެސް މިފަދަ ހާދިސާތައްވާ ކަމަށް ހުތުބާގައި ބުންޏެވެ.
“ އަނެއްބަޔަކަށް އެއީ އެބައިމީހުންގެ ފާފަތަކުގެ ކައްފާރާއެކެވެ. އެހެނީ މުއުމިނު އަޅާއަށް ދުނިޔޭގައި ކިތަންމެ ކުޑަ ގެއްލުމެއްވިއަސް އެއީ އޭގެ ސަބަބުން އޭނާގެ ދަރަޖަ މަތިވެރިކުރައްވާ އޭނާގެ ފާފަ ފޮހެވިގެން ހިނގާދާނެ ކަމެކެވެ “ ހުތުބާ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ