- Advertisement -ad image

“ އެއް އުންމަތެކޭމީ” ކެމްޕެއިން އަށް ބޮޑު ތަރުހީބެއް!

ad image

ގުޅުންހުރި ލިޔުންތައް


ތުރުކީ-ސީރިއާ ބިންހެލުމުގެ ކާރިސާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހިންގާ “އެއް އުންމަތެކޭމީ!” ފަންޑްރައިޒިންގ ކެމްޕޭނުގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އެގޮތުން ފަންޑު ފޮށިތައް ވަނީ މިއަދުގެ 11:00 އިން މެންދުރު 14:00 އަށް ގްރޭޓާރ މާލެ އޭރިޔާ ސަރަހަށްދުގެ ހުކުރު ކުރާ ހުރިހާ މިސްކިތްތަކެއްގެ ކައިރީގައި ބަހައްޓާފައެވެ.

އައިއޯސީސީގެ ރައީސް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ،
ޙާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވުމަށްޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލެނިވެގެންދާނެ އެއްޗެއްނޫން ކަމަށާއި މާތް ﷲ އެކަމަށް ދަރުމަ ދެއްވައި އެމީހެއްގެ މުދަލުގައި ބަރަކާތްލައްވާނެ ކަމަށެވެ.

ތުރުކީ- ސީރިއާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ސަރުކާރުންވެސްވަނީ ނިންމާފައެވެ. މަސްދަޅުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ސީރިއާއަށް 5 ލައްކަ އަދި ތުރުކީއަށް 5 ލައްކަ މަސްދަޅު ކޭހެވެ. 

މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުންވެސް ހުޅުވާލި ފަންޑަށް 1.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ދުނިޔޭގެ އެކި ޤައުމުތަކުން މިހާރު ދަނީ ތުރުކީވިލާތާއި ސޫރިޔާއަށް އެހީ ފޮނުވަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަލާމަތީ މަސައްކަތްތަކުގައި އެހީތެރިވުމަށް ޓީމުތައް ފޮނުވާފައިވެއެވެ.



ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ