- Advertisement -ad image

ރައްޔިތުން އިބޫއަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ: އަލީ އާޒިމް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވޯޓުދޭންޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ރައީސް ސާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރަން ބޭއްވި ޖަލްސާއިން އަދަދުތައް ފެނި އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެކަން އިދިކޮޅަށް ޔަގީންވެއްޖެ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ މާރިޔާ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.
އަލީ އާޒިމް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް އެންމެ ގިނަވެގެން ލިބޭނީ 40 ހާސް ވޯޓު ކަމަށެވެ.
އަދި މިއީ ވޯޓުލާ މީހުންގެ 15 އިންސައްތަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އިދިކޮޅަށް ފާޑު ވިދާޅުވެ މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވޯޓުލައިގެން ވެރިކަން ނުލިބޭނެކަން ޔަގީންވުމުން ވޯޓުނުލާ 7 ފެބްރުއަރީ 2012 ގައި ވެރިކަން ހޯދިގޮތަށް ވެރިކަން ލިބޭނެ ކަމަށް ތެޅިފޮޅެނީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ