- Advertisement -ad image

ދޯންޏަށް އަރުވާ މުދަލަށް ފަޅުވެރިންގެ އިހުމާލުން ލިބޭ ގެއްލުމަށް ޒިންމާވާން ޖެހޭނީ އޮޑިވެރިޔާ!

ad image

ގުޅުންހުރި ލިޔުންތައް


އުޅަނދުތަކަށް އަރުވާ މުދަލަށް ލިބޭ ގެއްލުމަށް އެއުޅަނދެއްގެ ވެރިފަރާތުން ޒިންމާވާން ޖެހޭގޮތަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ޤަވާއިދެއް އެކުލަވާލައިފިއެވެ.
ނަމަވެސް މި ޤަވާއިދަށް ޢަމަލުކުރަން ފަށާނީ ތިން މަސްދުވަސް ފަހުންނެވެ.
މިގަވައިދު ބުނާ ގޮތުން އުޅަނދަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި ކެޕްޓަނުން ނުވަތަ ފަޅުވެރިންގެ އިހުމާލުން މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު، އެ އުޅަނދެއްގެ ވެރި ފަރާތުން ނުވަތަ އެ އުޅަނދަކާއި ހަވާލުވެ ހުރި ފަރާތަކުން ދޭން ޖެހޭނެކަމަށެވެ.
ނަމަވެސް އުޅަނދުގެ ކެޕްޓަނުން ދަތުރު ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތް ވާގޮތުގެ މަތިން އުޅަނދު ދަތުރުކުރަމުންދަނިކޮން ގަސްތުގައި ނޫންގޮތަކަށް ދިމާވާ ހާދިސާތަކުގައި މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު އުޅަނދުގެ ވެރި ފާރާތުން ނުވަތަ އުޅަނދާ ހަވާލުވެ ހުއްނަ ފާރާތަކުން ދޭކަށް ނުޖެހޭނެކަމަށްވެސް ގެޒެޓްކޮށްފައިވާ ޤަވާއިދުގައިވެއެވެ.

މީގެ އިތުރުން މުދާ އުފުލުމުގައި ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާއި، ދިވެހިރާއްޖޭގައި ކަނޑުމަގުން މުދާ އުފުލުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި، ކޮށްގެން ނުވާނެ ކަންކަންވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައިވެ.

މީގެ އިތުރުން އުޅަނދުގައި މުދާ ބަރުކޮށްފައިވާ ތަންތަނުގައި އަލިފާން ގެންގުޅުމާއި، ކަނޑައެޅިފައިވާ ބަރުމިނަށްވުރެށް އިތުރަށް މުދާ އެރުވުމާއި ދިވެހިރާއްޖޭގެ ގާނޫނުތަކުން މަނާކޮށްފައިވާ ފަދަ މުދަލެށް އުފުލުމުގެ ޒިންމާވެސް އުޅަނދުގެ ވެރިފަރާތުން ނަގަން ޖެހެއެވެ.

އެގޮތުން މި ފަދަ އެއްވެސް އަމަލެއް ކޮށްފިނަމަ އެ އަމަލެއް ކުރި ފަރާތެއް ނުވަތަ އުޅަނދުގެ ވެރި ފަރާތް ނުވަތަ އުޅަނދާ ހަވާލުވެހުރި ފަރާތް އެ އަމަލެއްގެ ކުޑަ ބޮޑުމިނަށް ބަލާ 1000 – 2000 ރުފިޔާއާއި ދެމެދު ޖޫރިމަނާ ކުރެވޭނެކަމަށްވެސް ޓްރާސްޕޯޓް މިނިސްޓްރީގެ އައު ޤަވާއިދުގައި ވެއެވެ. މީގެ އިތުރުން އެއްފަހަރު ޖޫރިމަނާ ކޮށްފައިވަނިކޮށް، އެފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ، ކޮންމެ ފަހަރަކު އިތުރު 1000 ރުފިޔާ ނެގުމުގެ އިހްތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވާކަމަށްވެސް އައު ޤަވައިދުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ