- Advertisement -ad image

ސްޕާތަކުގެ އިޝްތިހާރުގައި މަސާޖުކުރާ އަންހެނުން ދެން ބޭނުމެއް ނުކުރެވޭނެ!

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ސްޕާތައް ހިންގާ ބެލެހެއްޓުމާއި އިޝްތިހާރުކުރާނެ ގޮތް ކަނޑައަޅާ ގަވައިދެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ މި ގަވައިދުގައި ރާއްޖޭގައި ހިންގާ ސްޕާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، އެސްޕާއެއްގެ ފޮޓޯ، ވީޑީއޯ އަދި އޯޑިއޯ އަމިއްލަ ގޮތުން އާންމުކުރުމަކީ މަނާކަމެކެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ޤާވާއިދުގައި ވަނީ ސަޕާތައް އޝްތިހާރުކުރާނެ ގޮތުގެ މިންގަނޑުވެސް ބަޔާންކޮށްފައެވެ. އެގޮތުން، ސްޕާތައް އިޝްތިހާރުކުރުމުގައި މުޖުތަމަޢުގެ އިޖުތިމާޢީ އަޚްލާގީ މިންގަނޑުތަކަށް ފެތޭގޮތައް އިޝްތިހާރުކުރުމަށް ބަޔާންކޮށްފައިވާއިރު މި އިޝްތިހާރުތަކުގައި އެއްވެސް މީހެއް ނުހިމެނުމަށް އިކޮނޮމިކް މިނިސްޓްރީގެ ޤަވައިދުގައި ވަނީ މަޖުބޫރުކޮށްފައެވެ.
މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ސްޕާގެ ވިޔަފާރިކުރެވޭނީ އިކޮނޮމިކް މިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ ދަށުން ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހުކަމަށް އެމިނިސްޓްރީން ބުނެއެވެ.
އިކޮމިނިސްޓްރީން ވަނީ މިހާރު ރާއްޖޭގައި ހިންގާ ސްޕާތައް ރަޖިސްޓްރީކުރަން 90 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މިސްޕާތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންނަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ސްޕާގެ ޚިދުމަތްދޭނެ ހުއްދަ އޮތް އަދި ހިދުމަތްދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާގެ ދަށުން ދޫކޮށްފައިވާ ވޯކް ޕާމިޓެއް އޮތް ފަރާތްތަކަށް ވާންޖެހޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ސްޕާތައް ހިންގުމާއި ބެލެހެއްޓުމަށް އިކޮނޮމިކް މިނނިސްޓްރީން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި ޚިލާފުވާ ފަރާތްތައް 10،000 ރުފިޔާ ޖޫރިމަނާ ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ