- Advertisement -ad image

މީހެއްގެ އެކައުންޓުން ދެ ލައްކަ ރުފިޔާގެ ވިޔަފާރި ކުރި ދެ ފިރިހެނުން ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އިންޓަރނެޓް ބެންކް ކްރެޑެންޝިއަލް ކޮމްޕްރަމައިޒް ކުރުމަށްފަހު އިންޓަރނެޓް ބޭންކިންގ އެޕްލިކޭަޝަން ބޭނުންކޮށްގެން ކިއު އާރު ކޯޑް ސްކޭން މެދުވެރިކޮަށް ދެ ލައްކަ ރުފިޔާގެ މުދާ ގަތް ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި ދެ ލައްކަ ރުފިޔާގެ ވިޔަފާރި ކުރި 25 އަހަރުގެ މީހަކާއި 27 އަހަރުގެ ދެ ފިރިހެނުންގެ ބަންދަށް މިހާރު ވަނީ ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ކަމަށެވެ.
މިމައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ބެންކް އޮފް މޯލްޑިވްސް އިން މިއަދު ވަނީ ކިއު އާރު ބޭނުންކޮށްގެން މޮބައިލް ވޮލެޓުން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަދަދަކީ 750 ރުފިޔާ ކަމަށެވެ. ނަމަވެސް ކިއު އާރު ބޭނުންކޮށްގެން މޮބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް 10 މުއާމަލާތް ކުރެވޭނެ ކަމަށް ބެންކުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ