- Advertisement -ad image

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ ހައްގުތަކަށް އަރައިގަނެ ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓާލަންޖެހޭ: އިދިކޮޅު

ad image

ގުޅުންހުރި ލިޔުންތައް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި ޕީޕީއެމް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިންތިޚާބީ ޙައްޤުތައް ނިގުޅައިގަނެ، އެމަނިކުފާނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދިއުމަކީ ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ގޮތުން މައްސަލަތައް އުފަންކޮށް، ދައުވާ އުފުލާ އަވަސްއަރުވާލައިގެން ޙުކުމް ޖެހުމަށް ޖުޑީޝަރީއަށް އަތްބާނާ ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމީ ދިވެހި ރައްޔިތުން ޤަބޫލުކުރާ ކަމެއް ކަމަށެވެ.
“ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރެވުނު ފުރަތަމަ ހުކުމަކީވެސް ޙައްޤު ނޫން ޙުކުމެއްކަން އިސްތިޢުނާފް މަރުޙަލާގައި ކަން ހިނގައިދިޔަ ގޮތުން އެނގެން އޮވެއެވެ. ހަމައެއާއެކު މިހާރު ހައިކޯޓުގައި އިސްތިޢުނާފްކޮށްފައިވާ މައްސަލައަކީވެސް ސިޔާސީ ނުފޫޒުން ކޮށްފައިވާ ޙަރާން ޙުކުމެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަށް ވިސްނޭނެ “ ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
އަދި އެންމެ ފަހުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުން އިސްތިޢުނާފީ މަރުޙަލާއިން ބާޠިލު ވެގެން ދާނެކަމަށް ސަރުކާރަށްވެސް ޤަބޫލުކުރެވެން ފެށުމާއެކު، އިތުރު ދަޢުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލައި، އަވަސް އަރުވާލައިގެން ޙުކުމް ޖެހުމަށް މަސައްކަތް ކުރުމަކީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަނެ، އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމަށް އޮތް ފުރުޞަތު ބަންދު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަކުން ވިސްނާއިރު ޤަބޫލު ކުރެވޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތާއި، އުފުލާފައިވާ ދައުވާތަކަށް އަވަސް އަރުވާލައިގެން ޙުކުމް ކުރުމަށް ކުރެވޭ ސިޔާސީ މަސައްކަތްތައް ހުއްޓާލުމަށްވެސް ގޮވާލައިފާވެއެވެ. ހަމައެއާއެކު ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށްވެސް ސަރުކާރަށް އިލްތިމާސްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ