- Advertisement -ad image

ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ތާއީދު ކުރަން އަދާލަތުން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ތާއީދު ކުރާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ކަމަށާއި ކޯލިޝަން ހަދާނީ އެމްޑީޕީ އާއެކު ކަމަށް ނިންމައިފިއެވެ.
އެގޮތުން އަދާލަތުން ރައީސް ސާލިހަށް ތާއިދު ކުރަން ނިންމީ މާތްވެގެންވާ އިސްލާމުދީނުގެ ސައްހަ އަގީދާ ކުރިއަރުވާ ދެމެހެއްޓުމަށާއި ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނެގެހެއްޓުމަށެވެ.

އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ދަމަހައްޓާ ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދަމަހައްޓާ ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމު ކުރުމަށް ކަމަށް ބުނެފައިވެއެވެ.
“މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީ،” އެ ނިންމުމުގައި ބުނެފައިވެ އެވެ.
މިހާރު ވެސް ވެރިކަން ކުރާ ކޯލިޝަނުގައި އޮތް އަދާލަތުން އެމްޑީޕީއާއެކު 2023 އަށް ނުކުތުމަށް އެއްބަސްވީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާ އެކު އެވެ.

spot_img

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ