ފުރަގަސް ފަރާތް ބޭނުންކޮށްގެން މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަނސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާފުށި ޖަލައް ގެނައި ޤައިދީއެށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އެ ޤައިދީގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލި ކަމަށެވެ.
އަދި ފުރަގަސްފަރާތް ބޭނުންކޮށްގެން ވައްދަން މަސައްކަތްކުރި މަސްތުވާތަކެތި ވަނީ ފުލުހުންނާއި ގުޅިގެން އަތުލައިގަނެވިފައި ކަމަށް ސީޕީ ވިދާޅުވިއެވެ.
