- Advertisement -ad image

ކޯލިޝަން އެއް އިހުތިޔާރު ކުރާނީ މާޒީން ނެގި ފިލާވަޅުގެ ތެރެއިން: ރަފިއްޔާ

ad image

ގުޅުންހުރި ލިޔުންތައް

ކޯލިޝަންއެއްގެ ތެރެއަށް އެމްޑީއޭއިން ވަންނާނީ މާޒީންނެގި ފިލާވަޅުގެ ތެރެއިން ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.
ރަފިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއޭއިން ކޯލިޝަން އެއް ހެދުމަށް ނިންމި ނިންމުމަކީ މިވަގުތު ދިވެހި ރައްޔިތުންނަށް އަދި އެ ޕާޓީއަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.

ރަފިއްޔާ މިގޮތަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ލީޑަރު ވާދަނުކުރައްވަން ނިންމަވައި ކޯލިޝަނެއް ހެދުމަށް ޕާޓީތަކާއެކު މަޝްވަރާ ކުރަން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެމްޑީއޭއިން ބުނީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެމްޑީއޭއާ އެކު ކޯލިޝަން ހަދަން ޝައުގުވެރިވާކަން އަންގާ ސިޓީއެއް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.
ޝައުޤުވެރިވާ ހުރިހާ ފަރާތްތަކާއެކު ކޯލިޝަންގެ މަޝްވަރާތައް މިއަދު ފަށާނެ ކަމަށްވެސް އެމްޑީއޭއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ