- Advertisement -ad image

މާލެ ސަރަހައްދުން ގޯތި ދޫކުރާއިރު ސިޓީ ކައުންސިލް ނުހިމެނުމަކީ ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވައިލުން: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް

މާލެ ސަރަޙައްދުން ގޯތި ދޫކުރާއިރު މާލެ ސިޓީގެ ރައްޔިތުންގެ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލް ނުހިމެނުމަކީ ލާމަރުކަޒީ ޤާނޫނުގެ ބާރު އެއްކޮށް ކަނޑުވައިލުން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 90 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި މާލެސަރަޙައްދުން ގޯތިދޫކުރުމަށް ސަރުކާރުން ނިންމައި ކޮމިޓީ އެކުލަވާލިއިރު މާލޭސިޓީ ކައުންސިލް ބައިވެރިކޮށްފައި ނުވާތީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މާލެ ސިޓީގެ ރައްޔިތުންނާއި އެންމެބޮޑަށް ގުޅިފައިވާ ބޯހިޔާވަހިކަމުގެ މިފަދަ މުހިންމު ނިންމުމެއްގައި މާލެ ސިޓީ ކައުންސިލް ބައިވެރި ނުކޮށް ސަރުކާރުން ކުރިއަށްދާން ނިންމި ނިންމުމާއި ގުޅިގެން މޭޔަރު ވިދާޅުވީ މިކަންބޮޑުވުންތައް ރަސްމީކޮށް މިނިސްޓްރީއާއި އެލްޖީއޭ އާއި އަދި މިނޫންވެސް ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅަންޖެހޭކަމަށެވެ.

މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރާއި އަދި އެހެން ކައުންސިލަރުންވެސް ވަނީ މާލެ ސަރަޙައްދުން ގޯތިދޫކުރުމަށް ސަރުކާރުން ނިންމައި ކޮމިޓީ އެކުލަވާލިއިރު މާލެސިޓީ ކައުންސިލްގެ ދައުރެއްނެތުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.

ސަރުކާރާއި އިދިކޮޅު ޕާޓީގެ މެޖޯރިޓީއޮތް މާލެސިޓީ ކައުންސިލަށް ލާމަރުކަޒީ ޤާނޫނުން ލިބިފައިވާ ބާރުތައް ސަރުކާރުން ހިފަހައްޓާ ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއަޅަމުން ގެންދިއުމަކީ ހަތަރުވަނަ ދައުރުގެ ކައުންސިލް ފަށައިގަތް ހިސާބުން މިއަދާއި ހަމައަށްވެސް މާލެ ސިޓީ ކައުންސިލަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަން ސިޓީކައުންސިލުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މިހާރު ވެރިކަން މިކުރާ މީހުނަށް ޤާނޫނު އެއީ އެހާ މުހިންމު އެއްޗެއް ނޫން ހިތަށް ފެންނަ ގޮތަކަށް އުޅޭ ބައެއް!

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ