- Advertisement -ad image

ކޮންމެ މީހަކުވެސް އިހުސާންތެރިއަކަށް ވެވޭތޯ މަސައްކަތް ކުރަންޖެހޭ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

ކޮންމެ މީހަކުވެސް އިހުސާންތެރިއަކަށް ވެވޭތޯ މަސައްކަތް ކުރުމަށް ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ނަފްސް ރައްކާތެރިކުރުމެވެ.

އިހުސާންތެރިކަމުގެ ތެރޭގައި ތިމާގެ ނަފްސާއި އެހެންމީހުންގެ ނަފްސް ރައްކާތެރިކުރުމާއި ނުރައްކަލަށް ހުށަނޭޅުންވެއެވެ.
މަގުމަތީގައި ދުއްވަން ކަނޑައަޅާފައިވާ ބާރުމިނާއި ހިލާފަށް އެއްގަމު އުޅަނދުތަކާއި ކަޑުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ ނަފްސް ހަލާކަށް އެއްލާލުމެކެވެ. މަގުމަތީގައި ނުވަތަ ކަނޑުމަތީގައި އެކަކު އަނެކަކާ ވާދަކޮށް ރޭސް ޖެހުމަކީ ނަފްސް ހަލާކަށް ހުށަހެޅުމެކެވެ.
ވަރުބަލިވެ ނިދިއައިސް ތާއްޔަށް ޖެހެމުންދާ ހިނދު ނުވަތަ ތިމާގެ ނަފްސް ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި މަގުމައްޗަށް ނުކުމެއުޅުމަކީވެސް ނަފްސް ހަލާކަށް އެއްލާލުމެކެވެ.

“ ނަފްސަކީ ހާދަ އަގުބޮޑު އެއްޗެކެވެ. އެއީ އިންސާނުންނަށް އުފެއްދޭނެ އެއްޗެއް ނޫނެވެ. ހަލާކުވުމުން މަރާމާތުކޮށް ރަނގަޅުކޮށްލެވޭނެ އެއްޗެއްވެސްނޫނެވެ “ ހުތުބާ

ވިސްނާނުލައި ގަވައިދާ ހިލާފަށް ކާރު ނުވަތަ ސައިކަލު ދުއްވުމުގެ ސަބަބުން ގެއްލުމާއި ހަލާކު ކުރިމަތިވަނީ ހަމައެކަނި ތިމާއަކަށް ނޫނެވެ.
މިފަދަ ހާދިސާތަކުގެ ސަބަބުން ބައެއް ފަހަރަށް މުޅި އާއިލާ ފަނާވެ ނެތިގެންދެއެވެ. ކުޑަކުދީންނާއި ބޮޑެތި މީހުންގެ ހެލިފެލވުމުން އާރާސްތުވެފައިވާ، ގެދޮރު ދާއިމަށް ތަޅުލެވި ފަޅުވެގެންދެއެވެ.
މިފަދަ ހާދިސާތަކުގައި ޝިކާރައަކަށްވާ މީހުންގެ ތެރޭގައި ކުށެއް ނެތް މަގުހުރަސްކުރާ މީހުން ހިމެނެއެވެ. ދުއްވާ މީހާއަށް އޭނާގެ އުޅަނދު ކޮންޓްރޯލް ނުކުރެވިގެން އެނބުރެމުން ގޮސް މިޖެހެނީ ގަވައިދާ އެއްގޮތަށް ހިނގާފަދާ މީހެއްގެ ގައިގައެވެ.

މާތް الله ވަނީ ނަފްސް ރައްކާތެރިކުރުން ވާޖިބު ކުރައްވާފައެވެ. މި ނަފްސަށް އަނިޔާކުރުމާއި ގޯނާކުރުން ނަހީކުރެއްވިއެވެ. ނަފްސްގެ ހައްގުތައް އަދާކުރުމަށް އަމުރު ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ