- Advertisement -ad image

އެމްޑީޕީ އާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭއިން ވެސް ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު ކޯލިޝަން ހަދައި ކުރިއަށް ދިއުމަށް އެމްޑީއޭއިން ނިންމައިފިއެވެ.
އެމްޑީއޭގެ ސެކެރެޓޭރިއަޓުން ބުނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު އެއް ހަމައެއްގައި ހިފެއްޓުމަށް ރައީސް ސާލިހަށް ތާއީދު ކުރައްވަން އެމްޑީއޭއިން ނިންމާފައިވާ ކަމަށެވެ.


ރިޔާސީ އިންތިހާބުގައި ރައީސް ސާލިހުއަށް ތާއީދުކޮށް، އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް އެމްޑީއޭއިން ނިންމީ މިއަދު ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. އެ ޖަލްސާގައި ބައިވެރިވި ގައުމީ މަޖިލީހުގެ 36 މެމްބަރުންގެ ތެރެއިން 34 މެމްބަރުން ތާއީދު ކުރެއްވިކަމަށް އެމްޑީއޭއިން ބުނެއެވެ. ދެކޮޅަށް ވޯޓް ދެއްވީ ދެ މެމްބަރުންނެވެ.
މީގެ ކުރިން އަދާލަތު ޕާޓީންވެސް ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު ކޯލިޝަން ހަދައި ކުރިއަށް ދިއުމަށް ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ