- Advertisement -ad image

ޖޫސް ޓައިމްއަށް ގެއްލުން ދިން މީހުން ދުއްވި ކަމަށް ބެލެވޭ ސައިކަލު ފުލުހުން ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމަށް ވަދެ ތަނަށް ގެއްލުން ދިން މީހުން ދުއްވި ކަމަށް ބެލެވޭ ސައިކަލު ފުލުހުން ހޯދައިފިއެވެ.
ފުލުހުން މިރޭ ބުނީ ހުޅުމާލެ ޖޫސް ޓައިމަށް ވަދެ ގެއްލުން ދިން މައްސަލާގައި ތުހުމަތު ކުރެވޭ މީހުން އެވަގުތު ދުއްވި ކަމަށް ބެލެވޭ ސައިކަލު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
ނަމަވެސް މައްސަލަ ތަހުގީގުކޮށް މައްސަލައިގާ ތުހުމަތު ކުރެވޭ މީހުން ދެނެގަތުމުގެ މަސައްކަތް ކުރާތީ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރިއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމް ތެރެއަށް ވަދެ، އެތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
އެ ދެމީހުން އެތަނަށް ގެއްލުންދިން ސީސީޓީވީ ފޫޓޭޖް ވަނީ އާންމުވެފަ އެވެ. އޭގެން ފެންނަނީ އެ ދެމީހުން ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން ތިބެ، މަރުތެޔޮ ހިފައިގެން އައިސް އެ ކެފޭއަށް ގެއްލުންދޭ މަންޒަރެވެ.
އަދި އެތަނުގައި ހުރި އެއްޗިހި މަރުތޭލުން ތަޅައި ސުންނާފަތި ކުރުމަށްފަހު، ކައުންޓަރުގައި ހުރި ފައިސާވެސް ނަގާތަން ވީޑިއޯއިން ފެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ