- Advertisement -ad image

މަސްތުވާ އެއްޗިއްސާއި ހަށިވިއްކުން ފަހިކުރީ ރައީސް ސާލިހުގެ ވެރިކަން ދަމަހައްޓަން: ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް


ރައަިސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަން ދެމެހެއްޓުމަށްޓަކައި މަސްތުވާ އެއްމެހާ ތަކެއްޗާއި ހަށިވިއްކުން ފަހިކޮށްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ރައީސް ސާލިހު އާއި ޑުރަގު ކާޓަލްތަކާއި ގުޅުން ނެތް ކަމަށް ދެކެން ދަތި ކަމަށް އެމްޑީޕީ މަޖިލިސް މެންބަރު ހަސަން ލަތީފު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.


އެގޮތުން ޑރ ޖަމީލް ވިދާާޅުވީ އެތައް ޢާއިލާއެއް ނިކަމެތިވެ ޙާލުގައި ޖެހުނީ މި ވަބާއިން ކަމަށެވެ.
އަދި ޕޮލިސީ އޮތީ މިކަން ފެތުރޭގޮތައް ކަމަށާއި އެކަން ތަންފީޒު ކުރަނީ ސީދާ ރައީސުލްޖުމުހޫރިއްޔާ ވެރިކަން ދަމަހައްޓަން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާަޅުވީ ބިދޭސީ ޑްރަގް ޓްރެފިކަރުން އަތުލައިގަނެވުނަސް ހައްޔަރުނުކޮށް ފޮނުވާލުމަށް ގަވާއިދު ހައްދަވައިފި ކަމަށެވެ.
އަދި ޑްރަގް ޓްރެފިކް ކޮށްގެން 25 އަހަރަށް ޖަލަށްލާފައި ތިބިމީހުން ދޫކުރަން ފައްޓަވައިފި ކަމަށެވެ.
އެހެންކަމުން މި ސަބަބުތަކާއި ގުޅިގެން ރައީސް ސާލިހު އާ ޑްރަގް ކާޓެލްތަކާ ގުުޅުން ނެތްކަމަށް ދެކެން ދަތި ކަމަށް ހަސަން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ