- Advertisement -ad image

މާލެސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

މާލެސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަ ކުރުމަށް މާލޭސިޓީ ކައުންސިލްގެ މުނިސިޕަލް ސާރވިސަސް ކޮމިޓީއިން ނިންމައިފިއެވެ. 

މާލެސިޓީ ކައުންސިލްގެ މުނިސިޕަލް ސާރވިސަސް ކޮމިޓީގެ 58 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މާލެއާއި ވިލިމާލޭގެ ފަޅުތަކާއި ބަނދަރުތައް ބޭނުން ކުރުމާއި، އެތަންތަނުން އުޅަނދުފަހަރަށް ފައްތިޔާ އަދި ފަޅުހުއްދަ ފީނެގުމުގެ އިތުރުން މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ އަގު ހެޔޮކުރުމަށެވެ. 

މި އަގުތަކަށް އައިބަދަލާއި އެކު ކަންކަމާއި ގުޅޭ އަގުލިސްޓް https://www.gazette.gov.mv/iulaan/230350ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ކުޑަކުރަން ނިންމާފައިވަނީ:

  • މާލޭ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ ފީ. 
  • މާލެއާއި ވިލިމާލޭ ފަޅުން ދޫކުރާ ފައްތިޔާ އަދި ފަޅުހުއްދަ ފީ.

ފީ ތަކަށް ގެނެވުނު ބަދަލާއިއެކު ގެޒެޓް ކުރެވިފައިވާ އިޢުލާނާއި އެއްގޮތަށް މާލެއާއި ވިލިމާލެ ފަޅުން އުޅަނދު ފަހަރަށް ފައްތިޔާ،ފަޅުހުއްދަ އަދި މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑު ތަކުގެ އަގުލިސްޓްއަށް 26 ފެބުރުވަރީ 2023 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ