- Advertisement -ad image

މާލެ ސިޓީ ކައުންސިލްގެ “މަދަޙަ މުބާރާތް 1444” ފަށާނީ މާރިޗު 6 ގައި

ad image

ގުޅުންހުރި ލިޔުންތައް

ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލެސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަދަޙަ މުބާރާތް 1444 ގެ ރެކޯޑިންގް އަންނަ މާރޗް މަހުގެ 6 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މި މުބާރާތުގެ ރެކޯޑިންގްތައް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައެވެ. މި އަހަރުގެ މަދަޙަ މުބާރާތުގައި 304 ދަރިވަރުން ވަނީ އެކި އުމުރުފުރާތަކުން ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށް ގެންދާނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އަދި މި މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ” މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444 ” މި ނަމުގައެވެ. މި މުބާރާތާއި ގުޅޭ މަޢުލޫމާތު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން ލިބިގެންދާނެއެވެ. މުބާރާތުގެ ޢުޞޫލު މާލެސިޓީ ކައުންސިލްގެ ވެބްސައިޓްގައި https://malecity.gov.mv/downloadsހިމަނާފައިވާނެއެވެ.

މަދަހަ މުބާރާތުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ޤުރުއާން މުބާރާތެއްވެސް ބާއްވާފައެވެ. އެ މުބާރާތުގެ ރެކޯޑިންގް މިހާރު ވަނީ ނިންމާލެވިފައެވެ. އެ މުބާރާތުގައި 756 ކުދިން ވަނީ ބައިވެރިވެފައެވެ.

ޤުރުއާން މުބާރާތުގެ ކުދިންގެ ކިޔެވުމާއި އިންތިޒާމްތައް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ