- Advertisement -ad image

ތ ބުރުނީގައި ރުކެއް ފުރޮޅަން އުޅުމުގެ ތެރޭގައި މީހަކު ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ތ ބުރުނީގައި ރުކެއް ވައްޓާލާ އެ ރުއް ފުރޮޅަން އުޅުމުގެ ތެރޭގައި 4 މީހަކަށް އަނިޔާވެ އެކަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ބުރުނީގައި ރުކެއް ވައްޓާލާ އެރުއް ފޮރޮޅަން އުޅުމުގެ ތެރޭގައި 4 މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު 16:44 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް ބުރުނީ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު ދ ކުޑަހުވަދޫގައި ހުންނަ ދ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައެވެ.
އަދި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު 3 މީހުންނަށް ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ހާމަކުރެއެވެ.
ފަރުވާދެމުންދާ ތިން މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ ނިޔާވި މީހާގެ ހަށިގަނޑާއި އަނިޔާވި ތިން މީހުންވެސް މާލެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ އިންޑިއާގެ ހަތަރު މީހުންނަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ