- Advertisement -ad image

ބީއެމްއެލް އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލަ ހައްލު ކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖޭގެ ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލުމުގެ މައްސަލަތައް ގިނަވަމުންދާތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވައިލާ ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން ގުޅިފައިވާ މިމައްސަލަ މަޖިލީހަށް ހުަށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.
މެންބަރު ނަޝީދުގެ މި ކުއްލި މައްސަލައަށް ބަހުސްކުރުމާމެދު މަޖިލީހުން ނެގި ވޯޓުން އެ މައްސަލައަށް ބަހުސްކުރުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ ތެރެއިން 33 މެންބަރަކު ވަނީ ނިންމަވާފައެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 4 މެންބަރެކެވެ.

މިހާރަކަށް އައިސް ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން ގިނަ ބައެއްގެ އެކައުންޓްތަކުން ވާގޮތެއް ނޭންގި ގިނަ އަދަދެއްގެ ފައިސާ އެކި އެކި ގޮތުން ގެއްލެމުންދާކަން މި ކުއްލި މައްސަލާގައި ފާހަގަކޮށްފައިވެއެވެ.
އަދި މިފަދަ ގިނަ މައްސަލަތަކަކީ ބީއެމްއެލްގައި ރައްކާކުރެވިފައި ހުންނަ އާއްމުންގެ މުހިންމު އަދި ޕާސަނަލް މައުލޫމާތު ބޭނުންކޮށްގެން ހިންގާ ޖަރީމާތައް ކަން ވަނީ މޮސްޓާރ ފާހަގަކޮށްފައެވެ.
މޮސްޓަރ ވިދާޅުވީ އެ މައްސަލަތައް ބޭންކް އޮފް މޯލްޑިވްސްއާއި އަދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި ނަމަވެސް އެ ގެއްލުނު ފައިސާ ލިބޭނެ ގޮތެއް ނުވުމުގެ އިތުރުން އެކަން ރިޕޯޓުކުރުމުގެ ސަބަބުން ގިނަ ގުނަ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ