- Advertisement -ad image

ބޭންކުން ފައިސާ ގެއްލުން: މަވޯޓާ އަށް ގޯސްވީ ރައްޔިތުން ފަރުވާކުޑަކަމުން!

ad image

ގުޅުންހުރި ލިޔުންތައް


ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލުމުގައި ބެންކްގެ އެއްވެސް މައްސަލައެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މެންބަރު މަވޯޓާ ޝަރީފު ވިދާޅުވެއްޖެއެވެ.
އެކައުންޓްތަކުން ފައިސާ ގެއްލޭތީ މެންބަރު މޮސްޓަރ މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން މަވޯޓާ ޝަރީފު ވިދާޅުވީ، އެކައުންޓުތަކުން ފައިސާ ގެއްލެނީ ބޭންކުގެ ސަބަބުން ކަމަށް ދައްކައި ބަޔަކު އުޅެނީ ބީއެމްއެލްގެ އިތުބާރު ގެއްލުވާލަން ކަމަށެވެ.
އަދި އެކައުންޓުން ފައިސާ ގެއްލޭ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޒިންމާދާރުކަމެއް ނެތި، ސިޔާސީ ވާހަކައަކަށް ހަދައިގެން ސިޔާސީ ފައިދާ ހޯދަން ކަމަށެވެ.
މަވޯޓާ ވިދާޅުވީ ސްކޭމްތަކުން ފައިސާ ގެއްލޭކަން އޭނާވެސް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެކަން ދިމާވަމުންދަނީ އެކައުންޓް ބޭނުންކުރާ ކަސްޓަމަރުންގެ ފަރުވާކުޑަކަމުން ކަމަށް ވިދާޅުވެ މަވޯޓާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ގިނަ އާއްމު ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ މިމައްސަލައިގާ ފުލުހުންވެސް ބުނެފައިވަނީ އެކައުންޓުތަކުން ފައިސާ ގެއްލެން ދިމާވާ ސަބަބަކީ ބަރަހަނާ ވީޑިއޯ އަދި ފޮޓޯ ހުންނަ ސައިޓުތަކަށް ވަންނަން މަސައްކަތް ކުރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ