- Advertisement -ad image

ގެސްޓް ހައުސް ވިޔަފާރި ކުރުމަށް ކިނބިދޫއިން 7 ބިން ކުއްޔަށް ދެނީ

ad image

ގުޅުންހުރި ލިޔުންތައް


ކޮޅުމަޑުލު ކިނބިދޫއިން 10،000 އަކަފޫޓުގެ 7 ބިން ދޫކުރުމަށް ކައުންސިލް އިދާރާއިން އިއުލާނުކޮށްފިއެވެ.
އެގޮތުން ކިބިދޫ ކައުންސިލުން ބުނީ އެރަށުގެ ހުޅަނގު ފަރާތުން ބީޗް ފްރޮންޓްކޮށް 10000 (ދިހަހާސް) އަކަފޫޓްގެ 7 ބިން ގެސްޓް ހައުސްގެ ވިޔަފާރި ހިންގުމަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.
އަދި 7 ބިން ދޫކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ބީލަން ހުށަހަޅުއްވާނީ ކޮންމެ ބިމަކަށް ވަކި ބީލަމެއް ކަމަށް ކިނބިދޫ ކައުންސިލުން ހާމަކުރެއެވެ.

ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 28 ފެބުރުވަރީ 2023 ން ފެށިގެން 09 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ނިޔަލަށެވެ.
ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.
އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ 9798639އަށް ގުޅުއްވައިގެންނާއި، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ އީ މެއިލް [email protected] މެދުވެރިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ