- Advertisement -ad image

ރިޔާސީ އިންތިހާބުގެ މަޝްވަރާއަށް އިދިކޮޅު ކޯލިޝަނުން ސަލަފާއި ބައްދަލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއްހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅު ކޯލިޝަނުން ޖަމިއްޔަތުއް ސަލަފާއި މިއަދު ބައްދަލުކޮށްފިއެވެ.
ޖަމިއްޔަތުއް ސަލަފުގެ އޮފީހުގައި މިއަދު އިދިކޮޅު ކޯލިޝަނުގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވީ އެ ކޯލިޝަންގެ އެދުމުގެ މަތިން ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
ސަލަފު ޖަމިއްޔާއިން މިއަދު އިދިކޮޅު ކޯޝަނާއެކު ބައްދަލުވުމެއް ބޭއްވި ނަމަވެސް އެކަމުގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ސަލަފު ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީނާއި ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތައް ހިންގަމުން އަންނަ އެންމެ ގިނަ ދީނީ އިލްމްވެރިން މިވަގުތު ތިބި ޖަމިއްޔާއެވެ.
ސަލަފު ޖަމިއްޔާއިން ބުނީ މީގެ ކުރިން އެމް އެންޕީގެ އެދިލެއްވުމަކަށް ފެބްރުއަރީ 16 ވަނަ ދުވަހު އެބޭފުޅުންނާއެކުވެސް ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ