- Advertisement -ad image

ތިން ރަށެއްގައި ޤައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ބޮޑު ޢީދު (އަޟްޙާ ޢީދު) ރާއްޖޭގެ 3 ރަށެއްގައި ޤައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ މިނިސްޓްރީން ވަނީ ނިންމައިފި އެވެ.

އެގޮތުންެ އެ ވުޒާރާއިން މިހާރު ވަނީ މިއަހަރުގެ ބޮޑު ޢީދު  ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެ ގޮތުން އަޟްޙާ ޢީދު ފާހަގަކުރާނީ ޕްރޮޕޯޒަލްތައް މިނިސްޓްރީން ބެލުމަށް ފަހު، އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ތިން ރަށުގައި ކަމަށް ބުނެފައިވެއެވެ.

އަދި ރަށްރަށުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ޚަރަދުތަކާއި، އަދި އަގެއް ނުނަގައި އެ ރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ މިނިސްޓްރީ އާއި ގުޅިގެން އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އަންނަ މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ޕްރޮޕޯޒަލް އީމެއިލް ([email protected]) ކުރުމަށް އެދިފައިވެއެވެ.

ޕްރޮފޯޒަލްގައި ހިމަނަން ޖެހޭ މައިގަނޑު ބައިތައް ހިމެނޭ ލިޔުމަކާއި، އަޟްޙާ ޢީދު ފާހަގަކުރާ ރަށެއް ކަނޑައެޅުމާބެހޭ ޕްރޮޕޯޒަލްއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ހިމެނޭ ލިޔުމެއް ވެސްމިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ