- Advertisement -ad image

ޖޫސްޓައިމަށް ވަދެ ގެއްލުން ދިން މައްސަލާގައި ގެއެއް ބަލާ ފާސްކޮށް 7 މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމަށް ވަދެ ބަޔަކު ދިން ހަމަލާ އާއި ގުޅިގެން ހުޅުމާލެ އެޕާޓްމަންޓެއް ބަލާ ފާސްކޮށް 7 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ 2023 ފެބްރުއަރީ 17 ވަނަ ދުވަހުގެރޭ ހުޅުމާލެ ޖޫސް ޓައިމްއަށް ބަޔަކު ވަދެ ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން ފެބްރުވަރީ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނުމާ ގުޅިގެން 7 މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި މި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަަސާއި މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމް ތެރެއަށް ވަދެ، އެތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
އެ ދެމީހުން އެތަނަށް ގެއްލުންދިން ސީސީޓީވީ ފޫޓޭޖް ވަނީ އާންމުވެފަ އެވެ. އޭގެން ފެންނަނީ އެ ދެމީހުން ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން ތިބެ، މަރުތެޔޮ ހިފައިގެން އައިސް އެ ކެފޭއަށް ގެއްލުންދޭ މަންޒަރެވެ.
އަދި އެތަނުގައި ހުރި އެއްޗިހި މަރުތޭލުން ތަޅައި ސުންނާފަތި ކުރުމަށްފަހު، ކައުންޓަރުގައި ހުރި ފައިސާވެސް ނަގާތަން ވީޑިއޯއިން ފެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ