- Advertisement -ad image

އިދިކޮޅުން ސަލަފު ޖަމިއްޔާ އާއި ބައްދަލުކުރުން: އަދާލަތަށް ހަޖަމެއް ނުވި!

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ބައެއް ކަންކަމާއި މަޝްވަރާ ކުރުމަށް އިދިކޮޅުން އިސްނަގައިގެން ސަލަފު ޖަމިއްޔާ އާއި ބައްދަލު ކުރުމުން އަދާލަތު ޕާޓީން މިކަމާ ނުރުހިއްޖެއެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާނޫނުގެ ހުދޫދުން ބޭރުވާ މަދަނީ ޖަމްއިއްޔާތަކަށް ޖަމްއިއްޔާތަކުގެ ރަޖިސްޓްރަރ ނަސޭހަތްތެރިވެ އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެދެނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ނުވަތަ ރަގަޅު މަދަނީ މަސައްކަތެއްގެ ގޮތުގައި ދީނުގެ ދައުވަތު ކުރިއެރުވުމަށް ކަމަށް ނަޒީރު ވިދާޅުވިއެވެ.


މިކަމަށް ރައްދުދެއްވައި މަހިބަދޫ ދާއިރާގެ މެންބަރު ތާރިގު ވިދާޅުވީ ސިޔާސީ ޕާޓީތަކާއި އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުން ލޮބީގްރޫޕްތައް ނުވަތަ އެކިކަންކަމުގައި އެކިބޭނުމަށް އުފައްދާފައި ހުންނަ ޖަމިއްޔާތަކުގެ އެންޑޯސްމަންޓް ހޯދުމަކީ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އޮންނަކަމެއް ކަމަށެވެ.
“ ޑްރަގް އެތެރެކުރާ މީހާ ކުށްވެރިނުވެ، ޑްރަގްހުރި ފޮށި ކުށްވެރިވާ ޤަވާއިދުވެސް ހެދީ ނޫންތޯއެވެ. އެކަމުގައި އަދާލަތު ޕާޓީ ސަރުކާރުގައި އޮވެމެ އެއްޗެއް ވިދާޅުނުވާތީ ހާދަ ދެރައެވެ “ ޓޮމް ވިދާޅުވިއެވެ.


މީގެ އިތުރުން ޓޮމް ވިދާޅުވީ ޤާނޫނުއަސާސީގެ އަސާސީހައްޤުތަކުގެ ތެރެއިން ހައްޤެއް ހަނިކުރެވޭނީ ކުރިއަރާފައިވާ މިނިވަން ދިމިޤްރާތީ ޤައުމުތަކުގައި އެކަން ހަނިކޮށްފައިވާ މިންވަރަކަށް ކަމަށެވެ. އަދި ހިތައްއެރީމައި، މަޖިލީހުގެ ބާރުއޮތީމައި، ހަދާ ޤާނޫނަކުން ނުވަތަ ޤަވާއިދަކުން އަސާސީ ހައްޤެއް ހަންޏެއް ނުކުރެވޭނެ ކަމަށްވެސް ޓޮމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ