- Advertisement -ad image

މޯލްޑިވިއަނުން ވިއްކާ ޓިކެޓްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ގައުމީ އެއަރލައިން މޯލްޑިވިއަނުން ވިއްކަަ ޓިކެޓްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ. މިފަހަރު ޓިކެޓްގެ އަގު ބޮޑު ކުރަންޖެހުނީ އެއާޕޯޓް ހޭންޑްލިން ޗާޖުތައް ބޮޑު ކުރުމާ ގުޅިގެން ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
އެހެންކަމުން ރޭ މެންދަމު 12 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޯލްޑިވިއަނުން ކުރަމުން އަންނަ ދަތުރުތަކުގެ އަގުތައް ވަނީ ބޮޑުކޮށްފައެވެ.
ހަމައެކަނި ގދ ކާޑެއްދޫ އަށް ވިއްކާ ޓިކެޓުންވެސް ވަނީ 180 ރުފިޔާ ބޮޑުކޮށްފައެވެ. އަދި އެހެން ހިސާބުތަކަާށް ދަތުރު ކުރުމަށް ވިއްކާ ޓިކެޓަކުން 70 ރުފިޔާ ބޮޑުކޮށްފައިވެއެވެ.

ބޮޑު ޗުއްޓީ އާއި ދިމާކޮށް މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުވެސް މޯލްޑިވިއަނުން ޓިކެޓްގެ އަގުބޮޑު ކުރިއެވެ. އެގޮތުން މޯލްޑިވިއަންގެ ނޯޝޯ ފީ އާއި ބަގޭޖް އެކްސަސް ފީ ވަރަށް ބޮޑުތަނުން އަގުބޮޑުކުރިއެވެ. ކުރިން ނޯޝޯގެ ގޮތުގައި ނަގަމުން އައީ 150 ރުފިޔާ މީހަކަށް ނަމަވެސް ނޯޝޯގެ ގޮތުގައި މިހާރު މީހަކަށް 300 ރުފިޔާގެ އިތުރަށް ޖީއެސްޓީވެސް ނަގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ