- Advertisement -ad image

ގައުމު ތަރައްގީ ނުވެ އޮތީ، އިންތިހާބުތަކާއި ދިމާކޮށް ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާތީ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


މިއަދި ރާއްޖެއަށް ލިބެމުންދާ އާމުދަނީއަށް ބަލާއިރު ވާންޖެހޭ މިންވަރަށް މިހާތަނަށް ޤައުމު ތަރައްގީ ނުވެ އޮތީ، އިންތިޚާބުތަކާއި ދިމާކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ތ.ހިރިލަންދޫގައި ސަރުކާރުން ތަރައްޤީކުރި ފެނަކަ އައު އޮފީސް ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އިންތިހާބުތަކާއި ދިމާކޮށް މަޝްރޫއުތައް ހިންގުމުގެ ސަގާފަތް މިހާރު ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ރަށްރަށުގައި ހުރި އަސާސީ އެތައް ކަމެއް ނުކުރެވި ފުނިޖެހިފައި ހުރި މަންޒަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ފެނިވަޑައިގަތްކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ފެނާ ނަރުދަމާއާއި ތަޢުލީމާއި ސިއްޙީ އަދި ލަފާފުރުމުގެ ދަތިކަން ގިނަ ރަށްރަށަށް އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަންކަން މިހާތަނަށް ނުވެ އޮތީ އިންތިޚާބުތަކަށް ފަށާ މަޝްރޫޢުތަކެއްގެ ގޮތުގައި އޭރުގެ ސަރުކާރުތަކުން އެކަންކަން ކުރަމުންދިއުމުގެ ސަބަބުންކަމަށެވެ.
ކޮންމެ އިންތިޚާބަކާއި ދިމާކޮށް މަޝްރޫޢުތައް ހިންގާގޮތަށް ރާއްޖޭގައި އޮތް ސަގާފަތް މިސަރުކާރުން ބަދަލުކުރެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންތިހާބުތަކާއި ދިމާކޮށް ނޫންކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ރާއްޖެ ތަރައްޤީކުރުންކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވާ ކަންތައްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު މިމޭރުމުން ވާހަކަ ދެއްކެވިއިރު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ދެ ކޮމަންޑޫ ގުޅުވާލާނެ ވާހަކަ ދެއްކެވީވެސް ހަމަ މި މަނިކުފާނުގެ ސަރުކާރުންނެވެ. މިއަދާ ހަމައަށްވެސް އެކަން އޮތީ ނުވެއެވެ.
މީގެ އިތުރުން ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ދިމާކޮށް ރަށްރަށުގައި އެތައް ކަމެއް ކޮށްދޭން ރައީސް ސާލިހުގެ ޓީމުން ވައުދުވިއެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ